އާދިއްތަ, November 1
އެއާ އެންބިއުލާންސުން 804 ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފި
ޞިއްހީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި ތަޢާރަފްކޮށްފައިވާ އެއާ އެންބިއުލާންސުން މިހާތަނަށް 804 ބަލިމީހަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ޞިއްޙީ ވުޒާރާއިން މިއަދު ބުނީ 1 މާރިޗު 2024 ގައި އިފްތިތާޙްކުރި ފަހުން، ރާއްޖޭގެ ޞިއްޙީ ކުއްލި ޙާލަތްތަކުގައި ޅިދުމަތްދޭ އެއާ އެންބިއުލާންސުން 700 ދަތުރު އަޅައި، 804 ބަލިމީހުންނަށް އެހީތެރިވެފައިވާ ކަމަށެވެ. އެއާ އެންބިއުލާންސްގެ ޚިދުމަތަށް ބޭނުންކުރަނީ މޯލްޑިވިއަންގެ DHC-8-200 މަރުކައިގެ މަތިންދާ ބޯޓެކެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެއާ އެންބިއުލާންސްގެ ޚިދުމަތް ދޭ ބޯޓުގައި ޞިއްޙީ ކުއްލި ޙާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާރޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ޞިއްޙީ ފަރުވާ ދެވޭ ވަސީލަތްތަކާއެކު، ތަމްރީން ކޮށްފައިވާ 15 ޞިއްޚީ ޚިދުމަތްތެރިއަކު ހަރަކާތްތެރިވާނެ ކަމަށް މީގެ ކުރިން ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު