މީގެ އިތުރުން، އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާއެއް ނުދޭނެ ކަމަށާއި، އެކްސްޓަރ އަށް ސަރުކާރުން ފައިސާ ދޭންޖެހޭނީ ޢިމާރާތް ނިންމައި، ފަރުނީޗަރު ހަމަކޮށްދިނުމަށްފަހު، ކައުންސިލް ހުޅުވާތާ ތިން މަސް ފަހުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. "މި ޕްރޮޖެކްޓުން ދިވެހިންނަށް މަސައްކަތް ލިބޭނެ. ހެކްސްޓަރ މޯލްޑިވްސް އަކީ މެލޭޝިއާގެ ހެކްސްޓަރ ގްރޫޕް އޮފް ކޮމްޕެނީސް އިން މި މަސައްކަތް ރާއްޖޭގައި ހިންގުމަށްޓަކައި އުފެއްދި ކޮމްޕެނީ. ޕްރޮެޖެކްޓްގެ ކަންކަން ޓްރާންސްޕޭރެންޓް ވާނެ"، ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ހެކްސްޓަރ މޯލްޑިވްސްގައި މެލޭޝިއާގެ ކުންފުނީގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި، ސަރުކާރުން ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ، ޢަލީ ޝަރީފަށް އެޑްވާންސް ފައިސާ ދީފިނަމަ، އަދި އެ ފައިސާ އެ ފަރާތުން މެލޭޝިއާގެ ކުންފުންޏާ ހަވާލުކޮށްގެން އެ ކުންފުނިން ފިލައިފިނަމަ، ސަރުކާރަށް މެލޭޝިއާގެ ކުންފުނި އަތުނުޖެހޭނެ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ކައުންސިލެއްގެ އޮފީސްތައް ޢިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާއެވެ. އަދި ހެކްސްޓަރ ގްލޯބަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ޝަރީފެވެ. އެ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ފެށި، އެ ޢިމާރާތްތަކުގެ ފަސޭހަކަން ކައުންސިލުތަކަށް ކުރިއަށް އޮތް އަހަރުތެރޭ ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.Contractor Finance usoolun imaaraaiykuraa council thah imaaraaiy kuraanee Malaysia ge company, Hextar Global Sdn. Bhd in Raajje ge kharadhugai, Raajjeygai masakkaiykuraa meehunge beynun hifaigen. Advance koh Hextar akah faisaaeh nudheyne. Hextar ah sarukaarun faisaa… pic.twitter.com/16BJn90stS
— Adam Shareef Umar (@Adamshareefz) January 21, 2025

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ ޢިމާރާތްކުރުމަށް އިއްޔެ ހަވާލުކުރި މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އަށް ސަރުކާރުން އެޑްވާންސްކޮށް ފައިސާއެއް ނުދޭނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ ކައުންސިލްތައް ޢިމާރާތްކުރާނީ މެލޭޝިއާގެ ކުންފުނި، ހެކްސްޓަރ ގްލޯބަލް އިން ރާއްޖޭގެ ޚަރަދުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ބޭނުން ހިފައިގެން ކަމަށެވެ.
މި ލިޔުން ކިޔާލުމުން





