Saturday, October 31
ފަލަސްޠީން ސޮލިޑިޓަރީ ކެމްޕެއިން ގެ ޑިރެކްޓަރަށް ދަޢުވާކޮށްފި

އިނގިރޭސިވިލާތުގައި ގާއިމްވެފައިވާ ފަލަސްޠީން ސޮލިޑިޓަރީ ކެމްޕެއިން (ޕީއެސްސީ) ގެ ޑިރެކްޓަރު ބެން ޖަމާލު ލަންޑަނުގައި ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ބެންޖަމާލު ހައްޔަރުކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ  ލަންޑަނުގައި ފަލަސްޠީނަށް ތާއީދުކޮށް ބޭއްވި ރެލީއަކާ ގުޅިގެންނެވެ.

އެނާގެ މައްޗައް އުފުލާފައިވާ ދަޢުވާއަކީ އާންމު ނިޒާމާ ޚިލާފުވުމުގެ ކުށުގެ ދަޢުވާ އެވެ. މި ހިނގާލުމުގެ ތެރެއިން އިތުރު 77 މީހުން ވަނީ އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނެފައިވާގޮތުން މުޒާހަރާގެ ބައިވެރިން ހޮނިހިރު ދުވަހުގެ މުޒާހަރާގައި ވަނީ  ކަނޑައަޅާފައިވާ އުސޫލާ ހިލާފްވެފައެވެ. ނަމަވެސް މި ރެލީ އިންތިޒާމުކުރި ފަރާތްތަކުން ވަނީ މިކަން ދޮގުކޮށްފައެވެ.

މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި މި ރެލީގައި 50،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

ހައްޔަރުކުރެވުނު ޖަމާލު ކޯޓަށް ހާޒިރުވާން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހު 21 ވަނަ ދުވަހުއެވެ. އަދި ޕީއެސްސީ އަކީ މި މުޒާހަރާ އިންތިޒާމުކުރި އެޑްވޮކަސީ ގްރޫޕްތަކުގެ ތެރެއިން އެއް ގްރޫޕެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު