Saturday, October 31
ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖާއަށް އަނިޔާކުރި މުދައްރިސް ދޫކޮށްލައިފި

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުދައްރިސް ބަންދުން ދޫކޮށްލައިފިއެވެ.

މާލޭގެ ސްކޫލެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކަށް މުދައްރިސަކު އަނިޔާކުރިކަމުގެ މައްސަލައެއް ތަޢުލީމީ ވުޒާރާއިން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ މުދައްރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ. އެ މައްސަލައާ ގުޅިގެން އެ މުދައްރިސް ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

ނަމަވެސް، މި މައްސަލައިގައި ހައްޔަރުކުރި މުދައްރިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ ކަމާބެހޭ އިދާރާތަކާއެކު މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ތަޢުލީމާ ބެހޭ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ މައްސަލަތައް އެ ވުޒާރާގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، މިފަދަ ކަންކަން ތަކުރާރު ނުވާނޭެން ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު