Saturday, October 31
ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހައި-ވޯލްޓޭޖު ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯ
ރޭ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ހައި-ވޯލްޓޭޖު ކޭބަލަކަށް ގެއްލުން ވެގެން ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފުލެޓުތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ. މީގެ އިތުރުން ސްޓެލްކޯ އިން ވަނީ، ޚިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގެ ބައެއް ސަރަހައްދު ތަކުން ރޭ ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯ އިން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރާއި، ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަކަށް ރޭ ކަރަންޓު ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން ވަގުތީ ސްޓާފް - 2025-01-19T12:56:41

    ރޭޔާ، ދުވާލު ރައްޔިތުންނަށް ކަރަންޓް ހިދުމަތް ފޯރު ކޮއްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު، ވަގުން ވައްކަން ކުރުމުގައި އަވަދި ނެތި. ވަރަށް ވާހަކަ