އެގޮތުން މުބީން ވިދާޅުވީ، ވަޒީރު އިޙްސާނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ނުކުތް ނުކުތުމަކީ ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ނުކުތް ނުކުތުމެއް ކަމަށެވެ. "އަދުގެ ސަރުކާރު އޮތީ އިދިކޮޅު ފަރާތްތަކަށް ކުޅެވޭވަރަށްވުރެ ބަދަހިކޮށް. ސިޔާސީ މަޝްރަހު ހަލަބޮލިކުރާ ވަރަކަށް ގެެއްލުންވާނީ ރައްޔިތުންނަށް"، މުބީން ވިދާޅުވިއެވެ. މުބީން މިހެން ވިދާޅުވިއިރު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޞައްޙަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލައިގައި، ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހަަށް ވަނީ ހުށަހަޅައިފައެވެ. އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. މިގޮތަށް ނިންމީ ދާޚިލީ ވުޒާރާގެ ދަށުގައިވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގައި ހުރި އާންމުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދުމަށް ޞައްޙަ ނޫން ފޯމު ފުރައި، އެ ފޯމުތައް އީސީއަށް ހުށަހެޅުމުގައި އިޙްސާން އިސްކޮށް ހުންނެވިކަމުގެ ތުހުމަތުގައެވެ. މީގެ އިތުރުން ބިދޭސީން ގެންނަން ކޯޓާ ދޫކުރުމުގެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުގައެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. މި މައްސަލަ ހުށަހަޅަމުން އެމްޑީޕީއިން ބުނެފައިވަނީ އިޙްސާން ޤާނޫނާ ޚިލާފަށް ހިންގި އަމަލުތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލުތައް ވެސް ހިމެނޭ ކަމަށެވެ. އަދި އޭނާ ވަޒީރުކަމުގައި ދެމި ހުންނަވައިފިނަމަ، އޭނާގެ މައްޗަށް ހިންގާ ޖިނާއީ ތަޙުޤީޤަށް ހުރަސްއެޅުމުގެ އިހުތިމާލު އޮންނާނެ ކަމަށް ބުނެފައިވެއެވެ. އަދި، އިޙްސާން އެ މަޤާމުގައި އިތުރަށް ހުންނެވުމަކީ ރައްޔިތުންގެ ޙައްޤުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި، ރައްކާތެރިކަމަށް ބުރޫއަރައިފާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.މިނިސްޓަރ އިހުސާން އާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ނުކުތް ނުކުތުމަކީ ރައީސް ޑރ.މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ނުކުތް ނުކުތުމެއް. އަދުގެ ސަރުކާރު އޮތީ އިދިކޮޅު ފަރާތްތަކަށް ކުޅެވޭވަރަށްވުރެ ބަދަހިކޮށް. ސިޔާސީ މަޝްރަހު ހަލަބޮލިކުރާ ވަރަކަށް ގެެއްލުންވާނީ…
— Ahmed Mubeen (@ahmedmubean) January 18, 2025

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނާ ދެކޮޅަށް ނުކުތުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ނުކުތުން ކަމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން






1 ކޮމެންޓު
ހޮޅިމުއީޒް ޕާޓީއަށް މަޖުލިސްގެ މެޖޯރެޓީ އޮތިއްޔޭ ކިޔާފަ ރާއްޖޭގެ އެންމެން ހޮޅިމުއީޒް ޕާޓީއަށް ވަގަށް ވަށްދާން ޖެހޭ ގާނޫނެއް ނޯންނާނެ ވަރަށް ވަރަށްސާފް