Saturday, October 31
މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން: ޝައްމާން

ރޭ އާޓިފިޝަލް ބީޗް ތެރޭގައި މާރާމާރި ހިންގި ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

ޝައްމާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ 03 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ.

އަދި އެ 3 މީހުންވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން ކަމަށް ޝައްމާން ވިދާޅުވިއެވެ.

ޝައްމާން އިތުރަށް ވިދާޅުވީ އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ.

https://twitter.com/ShamaanW/status/1880622396752949376

އާޓިފިޝަލް ބީޗުގައި ރޭ ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއާ ގުޅިގެން، ފުލުހުން ވަނީ އިންޑިއާއަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު