Saturday, October 31
ވަގުތީ ކޭބަލެއް އަޅައި، ސައިމާ ގޯޅިއާއި ގުލާބީމަގަށް އަލުން ކަރަންޓު ދީފި
ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، ރޭ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ސަރަހައްދަށް ވަގުތީ ކޭބަލެއް އަޅައި އަލުން ކަރަންޓު ދީފިއެވެ. ރޭ ކަރަންޓު ކެނޑިފައިވަނީ ސައިމާ ގޯޅިއާއި ގުލާބީމަގު ހިމެނޭ ސަރަހައްދުންނެވެ. މި ސަރަހައްދުން ކަރަންޓު ކެނޑިފައިވާކަން ސްޓެލްކޯއިން ހާމަކުރީ ރޭ 10:30 ހާއިރު އެވެ. އަލުން ކަރަންޓު ދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައަކަތް ނިންމައި އަލުން ކަރަންޓު ފޯރުކޮށްދެވިފައިވަނީ ރޭ 01:27 ހާއިރެވެ. ސްޓެލްކޯ އިން ވަނީ މިއަދުވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ބުނެފައެވެ. ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ފާށަނާ ކިލެގެ މަގު، ބޮޑުރަސްގެފާނު މަގު، ސިއްތިމާވާ ހިނގުން ހިމެނޭ ސަރަޙައްދުން މިއަދު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނުމަގު، ބުރެވި މަގު، ބޮޑު ފުންގަނޑުމަގު އަދި ހިތިގަސް މަގު ހިމެނޭ ސަރަޙައްދުންވެސް މިއަދު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި، ލިލީމަގު، ޗާންދަނީ މަގު އަދި ދަރުމަވަންތަ މަގު ހިމެނޭ ސަރަޙައްދުން ހޮނިހިރުދުވަހުގެ (18 ޖަނަވަރީ 2025) މެންދުރުފަހު 14:00 އާއި 15:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ. ސްޓެލްކޯ އިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު