Saturday, October 31
ދާންދޫގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގއ.ދާންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގައި އެމްއެންޑީއެފް ހަރަކާތްތެރި ވެއްޖެއެވެ.

އެމްއެންޑީއެފް އިން އެކްސްގައި ހިއްސާ ކުރި ޕޯސްޓްގައި ބުނީ ދާންދޫގައި ފެން ބޮޑުވިކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:00 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.

އަދި ފެން ހިންދުމަށް ހިންގި އޮޕަރޭޝަނުގައި، މިއަދު މެންދުރު 12:00 ހާއިރު ފެންބޮޑުވެފައިވާ ސަރަހައްދުން ފެން ހިންދާ އާންމު ހާލަތަށް ގެނެވިފައިވާ ކަމަށާއި، ވެލިބަސްތާ ޖެހުމަށް ޓަކައި ގއ.ދާންދޫ ކައުންސިލަށް 200 ގޯނި ވަނީ ހަވާލުކުރެވިފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

https://twitter.com/MNDF_Official/status/1880209162656968735

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑަކާއި އެއާ ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މި ކޮޅިގަނޑު ރާއްޖެއާ ކައިރިވަމުން އަންނާތީ، ރާއްޖޭގެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާތައް އުފެދެމުންދާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ފަހުން މޫސުން އިތުރަށް ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައި، މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު