Saturday, October 31
މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނަން: މިނިސްޓަރު ޑރ.ޝަހީމް

މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ތ.ވިލިފުށީ މިސްކިތެއްގައި ބަޔަކު ކުޅިވަރު ކުޅުނު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި، އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީއިން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

''މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނަން. އިންޝާ ﷲ.''

މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ ތަންތަނުގެ ގޮތުގައި ދެމެހެއްޓުމަށް މި ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިސްކިތްތަކަށް ދޭން ޖެހޭ އެންމެ އިސް އަހައްމިއްޔަތުކަންދީ، މިސްކިތްތަކަށް ކުރާ ޚަރަދު އިތުރުކުރެއްވުމަކީ ވެސް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ވަރަށް އިސްކަމެއް ދެއްވައިފައިވާ ކަމެކެވެ.

މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ ގޮތުން، މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާ ޚާއްސަ ކޮމެޓީއެއް ވެސް މިހާރު ވަނީ އެކުލަވައިލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު