Saturday, October 31
ޓިކްޓޮކް ތެރޭގައި ހަޑިހުތުރު އެއްޗެހި ގޮވާ މީހުން ﷲ އަށް ބިރުވެތިވެ އެކަން ހުއްޓާލާ

ޓިކްޓޮކް އަދި އެހެނިހެން ޕްލެޓްފޯމް ތަކުގައި ހަޑިހުތުރު އެއްޗެހި ގޮވާ ޒުވާބުކުރާ މީހުން ﷲ އަށް ބިރުވެތިވެ އެކަން ހުއްޓާލުމަށް އަލީ ރަމީޒް ގޮވާލައިފިއެވެ.

އަލީ ރަމީޒް އަކީ މިފަދަ ކޮންމެ އިސްލާމް ދީނާ ހިލާފު ދެކޮޅު ކަމެއް ހިންގާއިރު އެކަމާ ބަސް ބުނެ އެކަން ހުއްޓުވަން އެންމެ މަސައްކަތް ކުރާ އެކަކު ކަމަށް ފާހަގަ ކޮށްލެވޭ ފަރާތެކެވެ.

މިކަމަށް ގޮވާލާ އަލީ ރަމީޒް ކުރި ޕޯސްޓުގައި ބުނީ ޓިކްޓޮކް އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި އެކަކު، އަނެކަކާ ދިމާލަށް، ދުލަށް އައިހާ ހަޑި ހުތުރު އެއްޗެހި ގޮވައި ޒުވާބު ކުރަމުންދާ އެންމެން މާތް ﷲ އަށް ބިރުވެތިވެ އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

އެކަމުގައި އެ މީހުންނަށް ހިތްވަރުދީ އެ ލައިވްތަކާއި އެ ހަޑި މުޑުދާރު ވީޑިއޯތައް އާންމުންގެ ތެރޭގައި ފެތުރުން ހުއްޓާލަމަށް އަލީ ރަމީޒް ގޮވާލިއެވެ.

https://twitter.com/aliramyz/status/1880131778465394896

އަދި މި އިސްލާމީ މުޖްތަމައުގެ ލަދުވެތިކަމާއި ގީރަތްތެރިކަމުގެ ފޭރާން ވީދައި ފުނޑުފުނޑުވާ ފަދަ އެންމެހާ އަމަލުތައް ހުއްޓާލުމަށް ވެސް އަލީ ރަމީޒް ނަސޭހަތްތެރިވިއެވެ.

ދިވެހިރާއްޖޭގެ ޓިކްޓޮކް މިހާރު ފާހަގަ ވަނީ އެކަކު އަނެކަކަށް ޒުވާބުކޮށް،ހަޑިހުތުރު ބަހުން ވާހަކަ ދައްކާ، އަދި އެ ވީޑިއޯތަށް ރިކޯޑުކޮށް އެކި އެކި އައިޑީ ހަދައިގެން ދައުރުކޮށް މީހުން ފަލީހަތް ކުރާ ޕްލެޓްފޯމެއްގެ ގޮތުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން - 2025-01-19T11:18:04

    ޓިކްޓޮކް ތެރޭގައި ހަޑިހުތުރު އެއްޗެހި ގޮވާ މީހުން ﷲ އަށް ބިރުވެތިވެ އެކަން ހުއްޓާލާ ޓިކްޓޮކް އަދި އެހެނިހެން ޕްލެޓްފޯމް ތަކުގައި ހަޑިހުތުރު އެއްޗެހި ގޮވާ ޒުވާބުކުރާ މީހުން ﷲ އަށް ބިރުވެތިވެ އެކަން ހުއްޓާލުމަށް ގޮވާލައިފިއެވެ. އަލީ ރަމީޒް އަކީ މިފަދަ ކޮންމެ އިސްލާމް ދީނާ ހިލާފުކަމެއް ކުރާ އެކަކު ކަމަށް .