Saturday, October 31
ވިލިފުށީ މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލަތަކެއް ބަލަނީ

ތ.ވިލިފުށީގައި މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލަތަކެއް ބަލަން ފަށައިފިއެވެ.

ވިލިފުށީ މިސްކިތެއްގެ ތެރޭގައި ބިދޭސީން ހިމެނޭހެން، ދެ ޖިންސުގެ މީހުން ބައިވެެެރިވެގެން އެކި ކަހަލަ ގޭމުތައް ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފައެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މިސްކިތުތެރޭގައި މި ހަރަކާތް ފާހަގަކުރުމުގެ ގޮތުން ގޮނޑި ޖަހާފައި ހުއްޓާ ވެސް ފެނެއެވެ.

މިއީ ކޮންއިރެއްގެ ވީޑިއޯއެއް ކަމެއް އަދި ސާފެއް ނޫނެވެ.

މިކަމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކޮށް، ނުރުހުން ފާޅުކުރަމުން އަންނައިރު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

'"މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފަ."'

މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން ވިލުފުށީ ދަރިއެއް - 2025-01-17T15:03:34

    ދީނީ މިނިވަންކަން ދޭ އެބުނާ ސަމާއޯ އެގްރިމެންޓް ގައި މިސަރުކާރުން ސޮއި ކުރީމަ ވާނެހައެތި ވާތަން މިފެންނަނީ އުތަ؟