Saturday, October 31
ޤާނޫނުއަސާސީ އަކީ ނެތް އެއްޗަކަށް ވެއްޖެ: ޝިފާޒް

މިހާރު އޮތް ޤާނޫނުއަސާސީ އަކީ ނެތް އެއްޗަކަށް ވެއްޖެ ކަމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ޕާޓީ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، ޤާނޫނުއަސާސީގައި ބަޔާންކުރާ އެންމެ މުހިންމު އެއް ކަމަކަށް އޮތީ ތިން ބާރު ވަކިވެފައި އޮތް ދައުލަތުގެ ނިޒާމެއް ކަމަށެވެ.

"ރައްޔިތުންގެ މަންދޫބުން އެއީ ރައްޔިތުން ތަމްސީލުކުރަން އެތަނުގައި މަސައްކަތްކުރާ ބައެއް ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް އޮތުން...އިހަކަށް ދުވަހު ރޭގަނޑެއްގައި އެއްވެފައި އެ ނިންމެވީ އެއީ ރައްޔިތުންގެ މަންދޫބުން ނޫން ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން ކަމަށް. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން އެ ތަނުން ވަކިކުރުމަށް މުޒާހަރާ ކުރެއްވި ބޭފުޅުން މި ތާގައި ތި ތިއްބެވީ"، ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ޤާނޫނުއަސާސީގެ ދިފާޢުގައޭ ބުނެ އަލުން އަނެއްކާ ނިކުންނަން ޖެހުނީ އެގޮތް ކަމުނުގޮސްގެން ކަމަށެވެ.

އެމްޑީޕީން ދަނީ މި ހިނގާ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު "ފުދިއްޖެ ފުނޑިއްޖެ" ގެ ނަމުގައި މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މިގޮތުން މި ހިނގާލުން އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 ގައި މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު