Saturday, October 31
ޤައުމު ތަރައްޤީކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ: ރައީސް ޑރ. މުޢިއްޒު

ދުނިޔޭގައި އަންނަ ތަރައްޤީތައް ބަލައިގަންނަ ޖެހޭ ކަމަށާއި، އާޓިފިޝަލް އިންޓެލިޖަންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިގޮތުން އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އެ ޤައުމުން ފުރާވަޑައިގަންނަވަމުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އޭއައި މާސްޓަރޕްލޭނެއް ހެދި، ޤައުމުގެ ތަރައްޤީވުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި އެކަމުގައި ކަންތައްތައް ކުރަމުންދާގޮތް އޮޅުންފިލައިގެންދިޔަ ކަމަށެވެ.

"އެހެންވީމަ ޙަޤީޤަތުގައިވެސް މި ދަތުރު ވަރަށް ކާމިޔާބު. ސަބަބަކީ މި ދާއިރާއިން އެންމެ ކުރިއަރާފައި އޮތް ޤައުމަށް އާދެވުނީމަ އެމީހުން މިކަން ކުރަމުންދާ ގޮތް އެނގިގެންދިޔައިމަ. އަދި ކުރިއަށް އޮތްތާނގައި އަޅުގަނޑުމެންނަށް އެހީތެރިކަން ދޭނެ ކަމުގައ ިވިދާޅުވީމަ. އެއީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުގެ އަޅުގަނޑުމެން މި ބޭނުންވާ މިސްރާބަށް ގެންގޮސް އެ މަސައްކަތުގައި ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް"، ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތިން ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ޚިދުމަތަކާއި ޕަބްލިކް ސަރވިސް ހުރިހާ ކަމެއް އެއްކޮށް ޑިޖިޓަލްކުރައްވާނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަކީ ފުލީ ޑިޖިޓަލައިޒްޑް ސަރވިސަސްތަކެއް ލިބޭ ހަމަ މުހިންމު ޕަބްލިކް ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ދެވޭ ޤައުމަކަށް ވެގެންދާނެ"، ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު