Saturday, October 31
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީން އެ ގައުމުގެ ސަރުކާރާ މަޝްވަރާކޮށްފި

ކޮރަޕްޝަންގެ މައްސަލައެއްގައި ޙުކުމް އިއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީން އެ ޤައުމުގެ ސަރުކާރާއެކު ރަސްމީކޮށް ސުލްޙަވެރި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދެ ފަރާތުން ވެސް ބުނެފިއެވެ.

މި މަޝްވަރާ ކުރިއަށް ގެންގޮސްފައި މިވަނީ އިމްރާންގެ މައްޗަށް އުފުލައިފައިވާ ބިމާ ގުޅޭ ކޮރަޕްޝަން މައްސަލައެއްގައި ޙުކުމް އިއްވުމުގެ އެއް ދުވަސް ކުރިންނެވެ.

އިމްރާން ވެރިކަމުގައި ހުންނެވިއިރު އޭނާއާއި އޭނާގެ އަނބިކަނބަލުން ވަނީ އަލްޤާދިރު ޓްރަސްޓް ޤާއިމްކޮށް, އެ ޖަމިއްޔާ މޫނުމައްޗަކަށް ހަދައި, ރިއަލް އެސްޓޭޓް ޑިވެލޮޕަރެއްގެ ފަރާތުން ރިޝްވަތުގެ ގޮތުގައި ބިން ހޯދިކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ. އިމްރާންގެ ޕާޓީން ބުނާ ގޮތުގައި މި ބިމަކީ އަމިއްލަ ފައިދާއަށް ހޯދާފައިވާ ބިމެއް ނޫނެވެ. އަދި މި ބިމަކީ ތަޢުލީމީ މަރުކަޒެއް ޤާއިމުކުރުމަށް ހޯދި ބިމެއް ކަމަށެވެ.

އިމްރާންގެ ޕާޓީގެ އިސް ފަރާތްތަކުން ވަނީ ސަރުކާރަށް އެމީހުންގެ ޑިމާންޑުތައް ހުށަހަޅައިފަ އެވެ. މީގެއިތުރުން, އިމްރާނާ އެކީ ޖަލުގައި މޮނިޓަރިންގ އެއްނެތި ބައްދަލުކުރުމުގެ ފުރުސަތަކަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ޕާޓީން ވަނީ މަޢުލޫމާތު ދީފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު