Saturday, October 31
އޭސީސީ އަށް ދެ ބޭފުޅަކު ޢައްޔަނުކުރަން މަޖިލީހަށް ހުށަހަޅައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދެ ބޭފުޅަކު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ހުށަހަޅުއްވައިފިއެވެ.

މިގޮތުން އޭސީސީގެ މެންބަރުކަމުން ދެ ބޭފުޅަކު އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރުކަމަށް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެއީ މއ. ގޯލްޑަން މޫން، އަޙްމަދު ނާޝިދާއި ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާސިޔާ އަޒީމާ އެވެ.

މީގެ ތެރެއިން އަޙްމަދު ނާޝިދަކީ މީގެ ކުރިން ޕޮލިސް ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޕޮލިސް ބޯޑުން ވަކިކުރީ މި ސަރުކާރުންނެވެ. އަދި، އާސިޔާ އަޒީމާ އަކީ މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އޭސީސީގެ މެންބަރުކަމުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުއްސަލާމާއި މެންބަރެއްގެ ގޮތުގައި ހުންނެވި ޠާހާ މުޙައްމަދަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެ ދެ ބޭފުޅުން މަޤާމުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށް، މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު