Saturday, October 31
ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ޑިޖިޓަލްކުރަނީ

ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީއިން މިރޭ ބުނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް، މިހާރު ބޭނުންކުރަމުން އަންނަ ސިމެދަ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން ޖަނަވަރީ 30 ގެ ނިޔަލަށް ހުއްޓާލުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ނިންމި ނަމަވެސް މައި ޕޯޓަލް މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އީސީިއިން ވަނީ ބުނެފައެވެ.

ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާކުރަން އީސީއިން ނިންމާފައި މިވަނީ ބައެއް މީހުންނަށް ނޭނގި އެ މީހުންގެ ނަންމަތީގައި ވަގު ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލައާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކޮމިޝަނުން ކުރަމުންދާ ކަމަށާއި، އަދި މިފަދަ ކަމެއް އިތުރަށް ތަކުރާރުނުވާނޭ ފަދައިން އިދާރީ އަދި ގާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަގީންކަން އީސީއިން އިއްޔެ ވަނީ ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު