Saturday, October 31
ޓާރްޓޫގެ މޭޔަރު ދެއްވި ފަރިއްކޮޅެއްގައި ރައީސް ޑރ.މުޢިއްޒު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ޓާރްޓޫ ސިޓީގެ މޭޔަރު މިސްޓަރ އަރްމަސް ކްލާސް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުޢިއްޒު މިއަދު ޓާރްޓޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މޭޔަރު މިސްޓަރ އަރްމަސް ކްލާސްއެވެ.

ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި މޭޔަރު ދެއްވި ފަރިއްކޮޅުގައި ޔުނިވަރސިޓީ އޮފް ޓާރްޓޫގެ ރެކްޓަރ ތޫމަސްއާއި އެ ސިޓީގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަރިއްކޮޅުގައި ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅުން ބަދަހިކުރުމަށް އާ ފުރުސަތުތައް ދެނެގަތުމާއި، ދިވެހި އަދި އެސްޓޯނިއާގެ މުޖުތަމައުތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ޓާރްޓޫ ސިޓީއަށް ވަޑައިގެން ރައީސް ވަނީ ޓައުން ހޯލް ސްކޮޔަރއަށް ޒިޔާރަތްކުރައްވައި، މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ވެސް ކުރައްވާފައެވެ.

މި ޒިޔާރަތުގައި މޭޔަރު މިސްޓަރ އަރްމަސް ވަނީ، ޓައުން ހޯލް ސްކޮޔަރ ގެ ތާރީޚީ މުހިންމުކަމާ ބެހޭ ގޮތުން ވަރަށް އަގުހުރި މައުލޫމާތުތަކެއް ރައީސް ޑރ. މުޢިއްޒާ ހިއްސާކުރައްވައިފައެވެ.

ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް، ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު