Saturday, October 31
ރައީސް ޑރ.މުޢިއްޒު ޓާރްޓޫ ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފި

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު، ޓާރްޓޫ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރް އެވެ.

އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި އެންމެ ޝަރަފުވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ މި ޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ކެމްޕަހުގެ މުހިއްމު ސަރަހައްދުތައް ބައްލައްވައިލައްވައި، ޔުނިވަރސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ އެ ޔުނިވަރސިޓީއާއެކު މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

އޭގެތެރޭގައި ދިވެހި ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އެހެނިހެން ފަންނީ މާހިރުންނަށް ތައުލީމާއި، ދިރާސާކުރުމާއި، ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ ގޮތުންނާއި، ރާއްޖޭގެ އާންމު ޚިދުމަތްތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށްޓަކައި ޔުނިވަރސިޓީގެ ދިރާސާކުރުމުގެ ގާބިލުކަން ބޭނުންކުރެވިދާނެ ގޮތްތައް ބަލައި ދެނެގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޓާރްޓޫ ޔުނިވަރސިޓީއަކީ ދުނިޔޭގެ ރިސާރޗް ޔުނިވަރސިޓީ ތަކުގެ ތެރެއިން އެންމެ މަތިން ދަރަޖަކުރެވިފައިވާ ރިސާރޗްތަކުގެ 1 އިންސައްތަ ހިއްސާކުރާ ޔުނިވަރސިޓީއެކެވެ.

މި ރިސާރޗް ޔުނިވަރސިޓީގައި، 100 އަށްވުރެ ގިނަ ގައުމުތަކުން އައިސްފައިވާ 13 އިންސައްތަ ބައިނަލްއަގުވާމީ ދަރިވަރުން ހިމެނޭހެން، 14،300 ވަރަކަށް ދަރިވަރުން ކިޔަވަމުންދެއެވެ.

ޖީނޯމިކްސް، ކޮމްޕިޔުޓަރ ސައިންސް އަދި މެޓީރިއަލް ސައިންސްގެ ރޮނގުން ފާހަގަކޮށްލެވޭ މި ޔުނިވަރސިޓީގެ އެސްޓޯނިއާގެ އެކިއެކި ކެމްޕަސްތަކުގައި ޒަމާނީ ވަސީލަތްތައް ވަނީ ގާއިމުކުރެވިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު