Saturday, October 31
ރައީސް ޑރ.މުޢިއްޒު ޓާރްޓޫ ސިޓީއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

ޓާރްޓޫ ސިޓީއަށް ވަޑައިގަތުމުން ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ދެންނެވީ އެ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސްއެވެ.

އެއަށްފަހު މޭޔަރު މިސްޓަރ އަރްމަސް ކްލާސް ވަނީ ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި، ޓައުން ހޯލް ސްކޮޔަރއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ތާރީޚީ މުހިންމުކަމާ ބެހޭ ގޮތުން ވަރަށް އަގުހުރި މައުލޫމާތުތަކެއް ޙިއްސާކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސް ޑރ. މުޢިއްޒު ވަނީ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ
ޓާރްޓޫ ސިޓީއަކީ ވިޔަފާރީގެ އިތުރުން މީހުން އާބާދުވެފައިވާ މައިގަނޑު ސަރަހައްދެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ވަނީ ޔުނިވަރސިޓީ އޮފް ޓާރްޓޫއަށް ޒިޔާރަތް ކުރައްވައިފައެވެ.

މީގެއިތުރުން އެސްޓޯނިއަން ބަޔޯބޭންކާއި، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީއާރުއެމް) އަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް، ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު