Saturday, October 31
ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހާ ހުއްޓުވި މުވައްޒަފަށް '"މެޑަލް އޮފް ބްރޭވަރީ"' ދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހާ ހުއްޓުވަން މަސައްކަތްކުރި އެ ކުންފުނީގެ މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

ރޭގެ ވަގުތެއްގައި، ހުޅުމާލެ ދެވަަނަ ފިޔަވަހީގެ ރީތިގަސްމަގު ބުރިޖު ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުުޅުނު މީހަކު ހުއްޓުވައި، ސްޓެލްކޯގެ މުވައްޒަފުންކެއް ވަނީ އޭނާ ފުލުހުންނާ ހަވާލުކޮށްފައެވެ.

ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުޅެނިކޮށް ހުއްޓުވަން އުޅުމުން ވަގުކަލޭގެ ވަނީ ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީ، މާރާމާރީ ވެސް ހިންގާފައެވެ.

މި މާރާމާރީގައި މުވައްޒަފުގެ ބޮލާއި، އަނގަމަތި ފަޅައިގެންދިޔައެވެ.

ސްޓެލްކޯއިން މިއަދު ބުނީ ރޭގެ ވަގުތެއްގައި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކަތްކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ" ދީފައިވާ ކަމަށެވެ. އަދި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް އެކަމުގެ ހަނދާނީ ލިއުމެއް ދީފައިވާ ކަމަށެވެ.

އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

'"މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާނެ."' އެ ކުންފުނީގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އަދި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅުއަޅަމުން ދާނެކަމުގެ ޔަގީންކަން ވެސް ސްޓެލްކޯއިން ވަނީ ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު