Saturday, October 31
މިދިޔަ ސަރުކާރުގައި ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވި ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި

މިދިޔަ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި އަޙްމަދު ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހުއެވެ.

އޭސީސީއިން ޝަރީފާ ގުޅޭ މައްސަލައެއް ބަލަމުންދާއިރު، މިދިޔަ ސަރުކާރުގެ ވެރިންނާ ގުޅުންހުރި މައްސަލަތަކެއް ކަމާބެހޭ އިދާރަަތަކުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އޭގެތެރޭގައި ކޮރަޕްޝަނުގެ މައްސަލަތައް ވެސް ހިމެނެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު