Saturday, October 31
އެކްސިޑެންޓެއް ހިނގުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ފުރުސަތު، އުމުރުން 27 އަހަރުގެ ލޫޠު އިބްރާހީމެވެ.

އޭނާ ހައްޔަރުކުރީ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައި އިއްޔެގެ ވަގުތެއްގައި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ އޭނާ ސައިކަލުގައި ދަނިކޮށް، ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހުމުން ސައިކަލު ދޫކޮށްލުމަށްފަހު ފިލާފައިވާ ކަމަށެވެ. އަދި އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި 63 އަހަރުގެ މީހާއަށް އަނިޔާވެފައިވާ ކަމަށާއި، އެގޮތުން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު