Saturday, October 31
މާލޭ މަގުމަތީގައި ޒަޚަމްތަކަކާއެކު އޮތް މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފި

މާލޭ މަގުމަތީގައި ޒަޚަމްތަކަކާއެކު އޮތް މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު ސެނެހިޔާ ހޮސްޕިޓަލު ކައިރިން ދިވެހި ފިރިހެނަކު ޒަޚަމްތަކަކާއެކު ފެނިފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާއަށް ފަރުވާދިނުމަށްޓަކައި ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އޭނާ ވެއްޓިފައި އޮތް ސަރަހައްދު ބަންދުކޮށްފައެވެ. އަދި މިވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު