Saturday, October 31
ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހާގެ ވަނަވަރު އާންމުކޮށްފި

ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުޅުނު މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭ ފޭސް 2 ރީތިގަސްމަގު ބުރިޖު ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުުޅުނު މައްސަލާގައި ހައްޔަރުކުރީ ށ.ބިލެތްފަހި، ޗަނބޭލީގެ، އިބްރާހިމް ޛާލިފް (37އ) ކަމަށެވެ.

އޭނާ ހައްޔަރުކުރީ ރޭ 21:43 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުޅެނިކޮށް ހުއްޓުވަން އުޅުމުން ޛާލިފް ވަނީ އެތަނަށް އެޓެންޑްވި ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީ، މާރާމާރީ ވެސް ހިންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު