Saturday, October 31
ރޯދަމަހު ބާއްވާ ބަންގި މުބާރާތުގެ އޮޑިޝަން 11 ފެބްރުއަރީގައި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މޮސްކް ސެކްޝަނުން އިންތިޒާމުކޮށްގެން ބާއްވާ ބަންގި މުބާރާތް "ނޫރުލް އަޛާން 1446" ގެ އޮޑިޝަން 11 ފެބްރުއަރީގައި ބާއްވަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ބުނީ "ނޫރުލް އަޛާން 1446" ބަންގި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ހޮވެލި (އޮޑިޝަން) އޮންނާނީ 11 ފެބުރުވަރީ ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

މި މުބަރާތަކީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން، މާލެސިޓީގައި ފިޒިކަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ބަންގި މުބާރާތެކެވެ.

މިނިސްޓްރީން ބުނީ މާލެސިޓީން މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅުއްވާފައިވާ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ފަރާތްތަކުން އޮޑިޝަނަށް ތައްޔާރުވެގެން 11 ފެބުރުވަރީ ވާ އަންގާރަ ދުވަހުގެ ހަވީރު 15:45 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި މުބާރާތުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު