Saturday, October 31
ގެވެށި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ޓްރެއިނަރުން ތަމްރީނުކުރަނީ

ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ޓްރެއިނަރުން ތަމްރީނު ކުރުމަށްޓަކައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ނިންމައިފިއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ޓްރެއިނަރުން ތަމްރީނު ކުރުމަށްޓަކައި، "ޓްރެއިނިންގ އޮފް ޓްރެއިނަރސް" ޕުރޮގުރާމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ އޮތޯރިޓީއިން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދާނީ އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ކަމަށެވެ.

މި ޕުރޮގުރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވައިލައިފައެވެ.

އެގޮތުން އިއުލާނާއެކު ޝާއިއުކޮށްފައިވާ ކަރުދާހުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، 2025 ޖަނަވަރީ 26 ގެ މެންދުރު 12:00 ގެ ކުރިން އެ އޮތޯރިޓީގެ އީމެއިލް info@fpa.gov.mv އަށް އެޕްލިކޭޝަން ހުށަހެޅުމަަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު