Saturday, October 31
ފެބްރުއަރީގައި ބާއްވާ ބައި-އިލެކްޝަންތައް: ވޯޓު ފޮށި ބަހައްޓާ ތަންތަން އާންމުކޮށްފި

އަންނަ ފެބުރުވަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަހައްދުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.

ފެބްރުއަރީ މަހުގެ 8 ގައި ބާއްވަން ހަމަޖެހިފައިވަނީ ނ.ލަންދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމުގެ ބައި-އިލެކްޝަނާއި، 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަުގެ ބައި-އިލެކްޝަންތަކެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަން ހަމަޖެހިފައިވަނީ ގއ. ކަނޑުހުޅުދުއާއި، ލ. ގަމާއި، ނ. މިލަދުއާއި، ނ. ފޮއްދުއާއި، ދ. ހުޅުދެއްޔާއި، ރ. އިންނަމާދުއާއި، ތ. ބުރުންޏާއި، ބ. ގޮއިދުއާއި، އދ. ހަންޏާމީދުއާއި، ހދ. ހިރިމަރަދޫގައެވެ.

ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަހައްދުގެ ތަފްސީލު:

ވޯޓުފޮށީގެ ނަން: ނ. ލަންދޫ-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ނ. ލަންދޫ، ޕްރީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ލަންދޫ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ހދ. ހިރިމަރަދޫ-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ހދ. ހިރިމަރަދޫ، ރައްޔިތުންގެ ޤުރުއާން ކްލާސް ހޯލު

މި ފޮށްޓަށް ވޯޓުލާނީ ހިރިމަރަދޫ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ނ. މިލަދޫ-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ނ. މިލަދޫ، އިޖުތިމާއީ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ މިލަދޫ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: އދ. ހަންޏާމީދޫ-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: އދ. ހަންޏާމީދޫ،  ހަންޏާމީދޫ ސްކޫލު

މި ފޮށްޓަށް ވޯޓުލާނީ ހަންޏާމީދޫ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ބ. ގޮއިދޫ-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ބ. ގޮއިދޫ، ބ. ގޮއިދޫ ސްކޫލު

މި ފޮށްޓަށް ވޯޓުލާނީ ބ. ގޮއިދޫ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ލ. ގަން-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ލ. ގަން، ގަމު އިޖުތިމާއީ މަރުކަޒު ހޯލު

މި ފޮށްޓަށް ވޯޓުލާނީ ގަމު ތުނޑީ އަވަށު ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ލ. ގަން-2

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ލ. ގަން، އެމްއެންޔޫ ގަން ކެމްޕަސް ޕްރީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ގަމު މަތިމަރަދޫ އަވަށުގެ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ލ. ގަން-3

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ލ. ގަން، މުކުރިމަގު ޕްރީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ގަމު މުކުރިމަގު އަވަށު ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ލ. ގަން-4

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ލ. ގަން، ކައުންސިލް އިދާރާގެ ގްރައުންޑް ފްލޯރ

މި ފޮށްޓަށް ވޯޓުލާނީ ގަމު ތުނޑީ އަވަށުގެ ޚާއްސަ ދަފްތަރުގައިވާ މީހުންނާއި (ލ.ކަޅައިދޫ، ލ. މުންޑޫ، ލ. މާބައިދޫ، ލ.ގަމަށް ބަދަލުކުރި) ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

 

ވޯޓުފޮށީގެ ނަން: ނ. ފޮއްދޫ-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ނ. ފޮއްދޫ، ޕްރީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ފޮއްދޫ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ރ. އިންނަމާދޫ-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ރ. އިންނަމާދޫ، ޕްރީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ އިންނަމާދޫ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ދ. ހުޅުދެލި-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ދ. ހުޅުދެލި، ޕްރީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ހުޅުދެލީ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ގއ. ކަނޑުހުޅުދޫ-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ގއ. ކަނޑުހުޅުދޫ، ކަނޑުހުޅުދޫ ސްކޫލު

މި ފޮށްޓަށް ވޯޓުލާނީ ކަނޑުހުޅުދޫ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ތ. ބުރުނި-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: ތ. ބުރުނި، ބުރުނި ސްކޫލު

މި ފޮށްޓަށް ވޯޓުލާނީ ބުރުނީ ރައްޔިތުންނެވެ.

 

ވޯޓުފޮށީގެ ނަން: ބައި-އިލެކްޝަން، އަތޮޅު-މާލެ-1

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: މާލެ، މާފަންނު މަދަރުސާ

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ނ. ލަންދޫ، ނ. މިލަދޫ، ނ. ފޮއްދޫ އަދި  ބ. ގޮއިދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

 

ވޯޓުފޮށީގެ ނަން: ބައި-އިލެކްޝަން، އަތޮޅު-މާލެ-2

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: މާލެ، މާފަންނު މަދަރުސާ

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހދ. ހިރިމަރަދޫ، ދ. ހުޅުދެލި،  އަދި ރ. އިންނަމާދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

 

ވޯޓުފޮށީގެ ނަން: ބައި-އިލެކްޝަން، އަތޮޅު-މާލެ-3

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: މާލެ، މާފަންނު މަދަރުސާ

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ތ. ބުރުނި، ގއ. ކަނޑުހުޅުދޫ  އަދި އދ. ހަންޏާމީދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

 

ވޯޓުފޮށީގެ ނަން: ބައި-އިލެކްޝަން، އަތޮޅު-މާލެ-4

ވޯޓުފޮށި ބަހައްޓާ ރަށް/ތަން: މާލެ، މާފަންނު މަދަރުސާ

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. ގަމު ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު