Saturday, October 31
އެސްޓޯނިއާގެ ތަޢުލީމީ ނިޒާމަށް ރައީސްގެ ތަޢުރީފު

އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމާއި، އުނގެނުމުގައި ގެންގުޅޭ އީޖާދީ އުކުޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުރީފުކުރައްވައިފިއެވެ.

މިގޮތުން އެސްޓޯނިއާގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް، ކްރިސްޓީނާ ކެލަސް އާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެސްޓޯނިއާގެ ކާމިޔާބީން ހިތްވަރު ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ފުޅާކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ކެލަސް ވަނީ، އެސްޓޯނިއާގެ ތަޢުލީމީ ނިޒާމާ ގުޅުންހުރި ތަފްޞީލީ ޕްރެސެންޓޭޝަނެއް ހުށަހަޅުއްވައި، އެ ނިޒާމުގެ މުހިންމު ސިފަތަކާއި، ބަދަލުގެނުވަނިވި އާދަކާދަތައް ހިއްސާކުރައްވައި، އެސްޓޯނިއާގެ ތަޢުލީމީ އިސްތިރާޖުތަކާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއްވެސް ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޒުވާނުންނަށް ހުރި ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ މުހިންމުކަން ފާޅުކުރައްވާފައެވެ. އެގޮތުން، އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާއި، އެނޫންވެސް، ކަންކަމުގައި އެއްބާރުލެއްވުން ދެއްވުމާމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ތަޢުލީމީ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން ދިނުމާމެދު މަޝްވަރާތައް ބިނާކުރެއްވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުންވެސް ޢިލްމީ ކުރިއެރުންތައް ހިއްސާކުރުމާއި، ޤާބިލްކަން އިތުރުކުރުމާއި، އެ ނޫންވެސް އެދާއިރާއިން ގުޅުން ޤާއިމުކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ދެ ޤައުމުންވެސް ވަނީ، އިޖާދީ އުފެއްދުންތެރިކަމާއި ތަޢުލީމު މެދުވެރިކޮށް، ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއީ މުސްތަޤުބަލުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކުގެ ބިންގާކަމުގައި ދެބޭފުޅުންވެސް އެއްބަދްވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު