Saturday, October 31
ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ ބުރާސްފަތި ދުވަހު
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް އެޖެންޑާކޮށްފިއެވެ. މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގޮތުން މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަން:

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 26 ޑިސެންބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 4 ބޭފުޅުންނާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން.

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 2 މެންބަރުން އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން.

ކޮމިޓީތަކުން ހުށަހަޅާ ކަންކަން ހުށަހެޅުން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 2 މެންބަރުން އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު.

އިލެކްޝަންސް ކޮމިޝަނަށް 2 މެންބަރުން އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާއިވާ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު.

މިއަށްފަހު ދެން އޮންނާނީ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

ދައުރުން ބޭރުން މި މަހުގެ 20 ވަނަ ދުވަހު ވެސް ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

މިހާރު ހިނގަމުންމިދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފަށާނީ އަންނަ ފެބްރުއަރީމަހުގެ 6 ވަނަ ދުވަހުއެވެ. އެ ދުވަހު އޮންނާނީ މަޖިލިސް ހުޅުވުމުގެ ޖަލްސާއެވެ. އެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އިބްރާހީމް މުސްޢިދު - 2025-01-14T01:41:47

    ތެދެއް