Saturday, October 31
ހީނާމާގެ ޕާކިންގް ސަރަހައްދު ބަލައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް އަތުލައިގެންފި

ހީނާމާގެ ޕާކިންގް ސަރަހައްދު ބަލައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން އެކްސްގައި މިރޭ ހިއްސާކުރި ޕޯސްޓްގައި ބުނީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް، އަބަދުވެސް އާއްމުންގެ ފަރާތުން ކަންބޮޑުވުން ލިބެމުން އަންނަ ސަރަހައްދެއް ކަމުގައިވާ، ހީނާމާގެ ޕާކިންގް ސަރަހައްދަށް އަމާޒުކޮށް ޓާސްކުފޯހުން މިއަދު ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ސަރަހައްދަށް އެއްވެއުޅޭ ބިދޭސީންނާއި އެ ސަރަހައްދުގައި ބިދޭސީން އިސްވެ ތިބެ ހިންގަމުންދާ ފިހާރަ، ކެފޭ ފަދަ ތަންތަން ބަލައި ފާސްކުރެވުނު ކަމަށެވެ.

އަދި ފާސްކުރެވުނު ތަންތަނުގައި ސައްހަ ވިސާއެއްނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ 17 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުގައި ހިންގި ގިނަ އޮޕަރޭޝަންތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ އެތައް ބިދޭސީންތަކެއް ވަނީ އަތުލައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު