އެމްޑީޕީ އަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއް ކަމާއި، އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީ އަކާ ދެކޮޅު ވާނެ މީހެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާ އިރު ދާދި ފަހުން އެމަނިކުފާނު ބައިވެރިވި ޕާޓީ ޑިމޮކްރަޓްސް ގެ ބައެއް މެމްބަރުން ވަނީ އެ ޕާޓީއިން ވަކިވެ އެމްޑީޕީ އާއި ގުޅިފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރީ ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތުގައި ކަމަށެވެ.
https://twitter.com/MohamedNasheed/status/1878770108765471001
ގައުމެއްގެ ތަރައްގީއަށް، އަދި ރައްޔިތެއްގެ ތަނަވަސްކަމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތްކަމުން، 2008 ގެ އިންތިހާބަށް ފަހުގައި ސަރުކާރުގެ އާމްދަނީ އިތުރުވެ ދިޔަ މިންވަރުން، އަދި އެ އާމްދަނީއިން ކުރެވުނު އުމްރާނީ މަސައްކަތާއި، ރައްޔިތުންނަށް ހޯދައިދެވުނު އިޖްތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ފައިދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއް ކަމަށާއި، އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީ އަކާ ދެކޮޅު ވާނެ މީހެއް ނޫން ކަމަށެވެ. އަދި އެ ޕާޓީ ވަރުގަދަ ކޮށް އޮތުމަކީ އެމަނިކުފާނު އަބަދުވެސް އެދޭ ކަމެއް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ފަހުން އެމަނިކުފާނު ބައިވެރިވި ޑިމޮކްރަޓްސް އަކީ ހާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
އެއްވެސް ޕާޓީއެއްގައި މިވަގުތު އަމަލީ މަސައްކަތް ކުރާކަށް ނެތިން ކަމަށާއި، ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރަށް ނުދަން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.







3 ކޮމެންޓު
ރޫޅާލާނަން......ރޫޅާލާނަން......ރޫޅާލާނަން...
ރޫޅާލާނަން...ރޫޅާލާނަން........ރޫޅާލާނަން........
ތިޔަހެންވިދާޅުނުވޭ އެމްޑީޕީ ރޫޅާލަން ހަލާކުކޮއްލަންގޮވިދުވަސްމިހާރުހަނދާންނެތުނީތަ ނަޝީދުކުރިންވެރިކަންކުރީ ރަނގަޅަށް ފަހުން ހުރިހައިވެރިންވެސް މަސައްކަތްކުރީ އަމިއްލައެދުމަށް