ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، މުޢާޛު ޙަލީމް ޢައްޔަނުކޮށްފިއެވެ.
ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މުޢާޛު އެ ޕާޓީގެ އެސްޖީ އަކަށް ޢާއްޔަނުކުރެވުމާ ގުޅިގެން މަރުޙަބާ ދަންނަވައިފައެވެ.
On behalf of the party leadership and general members, we warmly welcome the new Secretary-General of the People’s National Congress. pic.twitter.com/nrqBSxK9sp
— PNC Secretariat (@pnc_secretariat) January 13, 2025
މި މަޤާމުގައި ކުރިން ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރުގެ އަނބިކަނބަލުން، ޒީނާޒު ޢަދުނާނެވެ. އޭނާގެ ދައުރު މިދިޔަ އަހަރުގެ ނިޔަލަށް ހަމަވިއިރު، އެ މަޤާމަށް އިތުރު ބޭފުޅަކު ހަމަޖައްސައިފައެއް ނުވެއެވެ.
ޕީއެންސީ އަށް އައު އެސްޖީއަކު ޢައްޔަނުކޮށްފައި މިވަނީ، އެހެން ސިޔާސީ ޕާޓީތަކުގެ މީހުންގެ ނަމުގައި ވަގު ފޯމު ފުރައި ޕީއެންސީ އަށް ވައްދަމުންދާ ކަމުގެ ތުހުމަތުތައް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ޕީއެންސީ އަށް ވެއްދި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
މި ލިޔުން ކިޔާލުމުން