Saturday, October 31
ރައީސް ޑރ.މުޢިއްޒު އެސްޓޯނިއާއަށް ވަޑައިގެންފި

އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ގައުމަށް ވަޑައިގެންފިއެވެ.

ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޖަނަވަރީ މަހުގެ 13 އިން 16 އަށް ކުރައްވާ މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މީގެއިތުރުން ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީި އެމަނިކުފާނުގެ އަމާޒާ އެއްގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު އެކަށައެޅުމެވެ.

މި އަމާޒަށް ވާސިލުވުމުގެ ގޮތުން، އެކަން އެކި މަންސަތަކުގައި ޕްރޮމޯޓް ކުރުމާއި، އެކުވެރި ދައުލަތްތަކާއެކު ގުޅިގެން ޑިޖިޓަލް އަދި ދެމެހެއްޓެނިވި ކުރިމަގެއްް ބައްޓަންކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު