Saturday, October 31
ލޮސް އެންޖެލިސްގެ އަލިފާނުގެ ހާދިސާއާ ގުޅިގެން މޭގަންގެ ނެޓްފްލިކްސް ސީރީޒް ފެށުން ފަސްކޮށްފި

'ވިތް ލަވް، މެގަން،' ގެ ނަމުގައި ޖަނަވަރީ 15 ގައި ފެށުމަށް ހަމަޖެހިފައި ނެކްފްލިކްސް ސީރީސް ފަށާ ތާރީހު ފަސްކުރުމަށް މޭގަން, ޑަޗެސް އޮފް ސަސެކްސް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ލޮސް އެންޖެލިސްގައި ހިނގަމުންދާ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމަށް މޭގަން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި ސީރީސް ފަސްކުރުމަށް އެއްބާރުލުން ދިންކަމަށްޓަކައި ނެޓްފްލިކްސްގެ ބައިވެރިންނަށް މޭގަން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއީ މޭގަން އުފައްދައި އަދި ތަމްސީލުކުރާ، ދެކުނު ކެލިފޯނިއާގެ މޮންޓެސިޓޯގެ ދިރިއުޅުން ދައްކުވައިދޭ ނެޓްފްލިކްސް ލައިފްސްޓައިލް ސީރީޒެކެވެ. މި ސީރީސް ދެން ފެށުމަށް ހަމަޖެހިފައިވާ ތާރީހަކީ މާރޗް 4 އެވެ.

މާކަލް އާއި އޭނާގެ ފިރިމީހާ, ޕްރިންސް ހެރީ، ޑިއުކް އޮފް ސަސެކްސް, ދަނީ ލޮސް އެންޖެލިސް ވަށައިގެން އަނދަމުންދާ އަލިފާނުގެ އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި ރިލީފް މަސައްކަތްތަކުގައި އެހީތެރިވަމުންނެވެ. މިދިޔަ ހުކުރު ދުވަހު، މޭގަން އަދި ހެރީ ވަނީ ޕަސަޑީނާ ކޮންވެންޝަން ސެންޓަރަށް ޒިޔާރަތްކޮށް، އަލިފާނުގެ ހާދިސާއިން އަސަރުކުރި މީހުންނާއި މިކަމުގައި އެހީތެރިވަމުންދާ ރެސްކިއު ޓީމާ ބައްދަލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު