Saturday, October 31
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާމެދު ބައިޑެން އާއި ނަތަންޔާހޫ މަޝްވަރާކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު މަޝްވަރާކޮށްފިއެވެ.

ބައިޑެން ވަނީ ހަނގުރާމަ ހުއްޓާލުމުގެ މުހިންމުކަމާއި، ޣައްޒާގައި ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ ރަހީނުން ދޫކޮށްލުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

އެމެރިކާގެ ރައީސްކަމަށް އަލުން އިންތިޚާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމުގެ ކުރިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް ބައިޑެން މިހާރު ދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

ވޭތުވެދިޔަ އަހަރުން ފެށިގެން އެމެރިކާ، މިސްރު އަދި ގަތަރު މެދުވެރިއަކަށް ހުރު, ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވުމަކާ ކައިރިކުރެވުނު ކަމުގައި ވިޔަސް ތަކުރާރުކޮށް ވަނީ ހުއްޓިފައެވެ. ނަމަވެސް، ފަހަކަށް އައިސް އެމެރިކާގެ އޮފިޝަލުން ވަނީ އެއްބަސްވުމަކަށް ވާސިލުވުމުގެ އުންމީދު ބޮޑުކަމަށް ބުނެފައެވެ.

އިޒްރޭލުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވިއްޖެނަމަ, ސޮއިކުރަންޖެހޭ އިޒްރޭލުގެ އެންމެ އިސް ފަރާތްތައް މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވާ ކަމަށެވެ.

ބައިޑެންގެ ޤައުމީ ސަލާމަތީ ލަފާދޭ ފަރާތުން ބުނެފައިވާ ގޮތުގައި ދެފަރާތުން ހުށަހެޅުމަށް ތައްޔާރުކުރާ ލިޔުމުގެ އެންމެ ފަހުގެ ތަފްސީލުތަކުގެ މައްޗަށް މިހާރު ދަނީ މަސައްކަތް ކުރެވެމުންނެވެ. އެހެންނަމަވެސް، ޖަނަވަރީ 20 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރުމުގެ ކުރިން އެއްބަސްވުމަކަށް އާދެވިދާނެކަމަށް ކަށަވަރުކޮށްދީފައި ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު