Saturday, October 31
އެސްއީޒެޑްގެ އިގުތިސާދީ އެންމެ ކުޑަ އިންވެސްޓްމަންޓަކަށް 100 މިލިއަން ޑޮލަރު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި ހިންގާ އިގުތިސާދީ އިންވެސްޓްތަކުގެ އެންމެ ދަށް އަދަދަކީ 100 މިލިއަން ޑޮލަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރާއްޖޭގައި ގާއިމުކުރާ އެސްއީޒެޑް އެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅުއްވައި މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެސްއީޒެޑްއެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު

1. އަންނަނިވި ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ތެރެއިން އިންވެސްޓްމަންޓެއް ހިމެނޭ ގޮތުން ގާއިމުކުރުމަށް ހުށަހަޅާ ޖުމްލަ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް.

އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް.

ޓްރާންސްޝިޕްމަންޓް ޕޯޓް އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގ ސަރވިސަސް.

ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.

އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.

ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް.

އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާ ރާއްޖޭގައި ނެތްޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަަށް ހިންގޭ މަަސައްކަތްތައް.

ފުޑް ސެކިއުރިޓީގެ ދާއިރާ.

ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.

މީގެއިތުރުން 500 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކާ އެއްގޮތަށް ޓައުންޝިޕެއް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު