Saturday, October 31
ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުފުލުމަށް އީޔޫ އިން މަޝްވަރާކުރުމަށް އެއްބަސްވެއްޖެ

ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެއްބަސްވެއްޖެއެވެ.

މިކަމަށް އެއްބަސްވެފައި ވަނީ ހުޅަނގުގެ އަދި އަރަބި ލީޑަރުންނާއެކު ރިޔާދުގައި ބޭއްވުނު ބައްދަލުވުމަށް ފަހުގައެވެ.

އީޔޫގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ޖަނަވަރީ މަހުގެ ފަހު ކޮޅުގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ. މި ބައްދަލުވުމުގައި ސީރިއާގެ މައްޗަށް އުފުލާފައިވާ ދަތިތައް ނައްތާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ވޭތުވެދިޔަ މަހު ސީރިއާގެ ރައީސް ބަޝާރު އަލް އަސަދުގެ ވެރިކަން ވެއްޓުނު ފަހުން، ހުޅަނގުގެ އަދި މެދުއިރުމަތީގެ ޤައުމުތަކުގެ ބޭރުގެ ވަޒީރުންނާއެކު ސީރިއާގެ އިސް ޑިޕްލޮމެޓުން ބައިވެރިވި ފުރަތަމަ ސަރަޙައްދީ ބައްދަލުވުމެވެ.

އީޔޫ އިން މިކަމުގައި ޝަރުތުކުރަނީ, ސީރިއާގައި ހަމަޖެހޭ ސަރުކާރެއް އޮތުމަށާއި، އަދި ސަރުކާރުން ހައްދުފަހަނައަޅާފައިވާ ކަމުގެ އެއްވެސް އަމަލެއް ނުހިންގުމަށާއި އަންހެނުންނާއި އެހެނިހެން ގްރޫޕްތަކުގެ ޙައްޤުތަކަށް އިޙްތިރާމްކުރާ ސަރުކާރަކަށް ވުމަށެވެ. އަދި މިކަންކަމާ ހިލާފުވެއްޖެ ހިނދެއްގައި, ދަތިތަކާ ގުޅޭގޮތުން ދެވޭ ލުއިތައް ބަދަލުކުރެވިދާނެ ކަމަށްވެސް އީޔޫ އިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ސީރިއާގެ ވަގުތީ ސަރުކާރުގެ ޚާރިޖީ ވަޒީރު އަސަދު ހަސަން އަލް-ޝައިބާނީ ބައިވެރިވެފައިވެއެވެ. އޭނާއަކީ އެތައް އަހަރެއް ވަންދެން ސިރިއާ އާމެދު އުފުލާފައިވާ ދަތިތައް ނައްތާލުމަށް ތަކުރާރުކޮށް ގޮވާލާފައިވާ ފަރާތެކެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާ، މިޞްރު، އެމިރޭޓްސް، ޤަޠަރު، ބަޙްރައިން، ޢިރާޤު، ޖޯޑަން، ލުބުނާން އަދި ތުރުކީގެ ޚާރިޖީ ވަޒީރުންވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގައި ސީރިއާގެ މައްޗައް އުފުލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެހެންކަމުން އާންމު ދިރިއުޅުމުގައި ބޭނުންވާ ތަކެތީގެ އަގު ވަނީ އިންތިހާއަށް މައްޗައް އުފުލިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު