Saturday, October 31
އެމްޑީޕީގެ އެކްޓިވިސްޓް '"ދޮންކޮޅު"' ޕީއެންސީއަށް

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެކްޓިވިސްޓެއް ކަމަށްވާ އަޙުމަދު ރަޝީދު (ދޮންކޮޅު) ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ.

އަޙްމަދު ޕީއެންސީއަށް ސޮއިކުރައްވައި މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެވެ.

އެކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އަޙްމަަދަށް މަރުހަބާ ވިދާޅުވެފައެވެ.

ފޯމު ހަވާލުކުރުމަށް ބޭއްވި ހަފުލާގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙާއި، އިތުރު ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަޙްމަދު ޕީއެންސީއަށް ސޮއިކުރެއްވުމުން އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އޭނާއަށް މަރުހަބާ ވިދާޅުވަމުންނެވެ.

އެގޮތުން މަރުހަބާ ވިދާޅުވެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ދުވަސްތަކަކަށްފަހު ފިކުރު އެއްގޮތް ވުމަކީ ލިބުނު އުފަލެއް އަދި ހިތްހަމަ ޖެހުމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު