މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ އެންމެ ނުރައްކާ އެއް މައްސަލަކަމަށާއި، ދުނިޔޭގެ ގައުމުތަކުން އެއްބަސްވެފައިވާ ގޮތަށް 1.5 ޑިގްރީ އަމާޒަށް ވާސިލުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަނގަކުރެއްވިއެވެ.At the opening of the Fifteenth Session of the IRENA Assembly, I highlighted the ambitious vision of President of Maldives, Dr @Muizzu to transform our energy landscape.
— Thoriq Ibrahim (@Thoriqibrahim) January 12, 2025
When President announced his target to generate 33 percent of our electricity through renewables by 2028, our… pic.twitter.com/ZGLHloZJRD

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރު ފެށުނުފަހުން ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީއަށް 17 މެގަވޯޓު އިތުރު ކުރެވިއްޖެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އަބޫދާބީގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ރިނިއުއަބަލް އެނާޖީ އޭޖެންސީ އެސެމްބްލީގެ 15 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ތޯރިޤްގެ ވާހަކަފުޅުގައި ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އެއް އަހަރުތެރޭގައި 53 މެގަވޯޓުން 70 މެގަވޯޓަށް އިތުރު ކުރެވިފައި ވާކަން ފާހަގަ ކުރެެއްވިއެވެ.
އަދި 2023 ވަނަ އަހަރު ދުބާއީގައި ބޭއްވުނު ކޮޕް 28 ސަމިޓުގައި ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވި ފަދައިން ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް 33 އިންސައްތަ އަށް މަތިކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުކަމާއެކު ކުރަމުންދާކަންވެސް ފާހަނގަ ކުރެއްވިއެވެ.
މިގޮތުން މި ކަމާ ގުޅުންހުރި 170 މެގަވޯޓުގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް މިހާރުވެސް އެކި މަރުހަލާތަކުގައި ފެށިގެން ކުރިއަށްދާކަން މިނިސްޓަރ ފާހަނގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން





