Saturday, October 31
ބީއެމްއެލް މާސްޓަރކާޑް ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކް ގައި ބައިވެރިވުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސްގެ މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ހުޅުވައިލައިފިއެވެ.

ކޮލޮމްބޯ ފެޝަން ވީކް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 އިން 22 ފެބުރުވަރީ 2025 ގައެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުން ދޫކޮށްފައިވާ މާސްޓަރކާޑް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިއަކާއެކު އިތުރު ބައިވެރިއަކަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި ދެ މީހުންނަށް ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓު، 5 ސްޓަރ ހޮޓަލެއްގައި ހުރުން، އިވެންޓުގެ ވީވީއައިޕީ ސީޓިން އަދި ހާއްސަ ކަލިނަރީ އަދި އެހެނިހެން އެކްސްޕީރިއެންސްތައް ހިމެނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 2 ފެބުރުވަރީ 2025 ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު