Saturday, October 31
ޗެކް ރިޕަބްލިކްގެ ރެސްޓޯރެންޓެއްގައި އެއްޗެއް ގޮވައި 6 މީހުން މަރުވެއްޖެ

ޗެކް ރިޕަބްލިކްގެ މޯސްޓް ސިޓީގެ ރެސްޓޯރަންޓެއްގައި ހީޓަރެއް ގޮވައި މީހުން މަރުވެއްޖެއެވެ.

މިހާދިސާގެ ސަބަބުން ރެސްޓޯރެންޓް ހުރި އިމާރާތުގައި އަލިފާން ރޯވިކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތުގައި 20 މީހުން ރެސްޓޯރެންޓްގައި ތިބިކަމަށާއި އަދި އޭގެ ތެރެއިން 8 މީހުން ޒަޚަމްވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރެސްޓޯރަންޓާއި އެ ސަރަޙައްދުގައި ހުރި އެހެނިހެން އިމާރާތްތަކުން ޖުމްލަ 30 މީހުން ސަލާމަތްކުރެވުނު ކަމަށް ރެސްކިއު ޓީމުން ވަނީ ބުނެފައެވެ. ރެސްޓޯރަންޓުގެ ފާޚާނާގައި ބަންދުވެފައި ހުރި ކަސްޓަމަރެއް ވަރަށް ބޮޑަށް ޒަޚަމްވި ކަމަށާއި ސަލާމަތްކުރުމުގައި ދަތިވި ކަމަށްވެސް ވަނީ ބުނެފައެވެ.

މަންޒަރު ދުއް މީހުން މަޢުލޫމާތު ދޭ ގޮތުގައި، ހީޓަރެއް ވެއްޓުމުގެ ސަބަބުން އަލިފާން ރޯވީ ކަމަށް ބެލެވެއެވެ. އެއީ ރެސްޓޯރަންޓުގެ ކުރިމަތީގައި ހުރި ބަގީޗާގައިި ބެހެއްޓިފައި ހުރި ހީޓަރެއް ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު