Saturday, October 31
ހިޔާ ޓަވަރަކުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޓަވަރަކުން މީހަކު ވެއްޓި، އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހިޔާ ޓަވަރަކުން މީހަކު ވެއްޓި، އަނިޔާވެގެން ފަރުވާދޭން ފަށާފައިވާ ކަމަށާއި، އެ މީހާ ވެއްޓުނީ ހިޔާގެ 3 ވަނަ ޓަވަރުގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ.

ނަމަވެސް އެ މީހާއާ ގުޅޭ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އޭނާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެއެވެ.

ފުލުހުން އަންނަނީ އޭނާ ވެއްޓުނު މައްސަލަ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު