Saturday, October 31
ޙަސަން ލަޠީފާއި ޝިފާޒު އަލުން އެމްޑީޕީއަށް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕަރސަން، ޙަސަން ލަޠީފް އަދި ނައިބު ރައީސް، މުޙައްމަދު ޝިފާޒް އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފިއެވެ. ޙަސަން އާއި ޝިފާޒް އެ ޕާޓީއާ ގުޅުމުން އެމްޑީޕީން ވަނީ އެބޭފުޅުންނަށް މަރުޙަބާ ދަންނަވައިފައެވެ. ޙަސަން އަދި ޝިފާޒް އެމްޑީޕީ އާ ގުޅިވަޑައިގެންނެވިއިރު، ޙަސަން ވަނީ ދަ ޑިމޮކްރެޓްސްގެ ރައީސްކަމުން އިއްޔެ އިސްތިއުފާ ދެއްވައިފައެވެ. ''އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑު މިވަގުތު ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާދެއްވުމަކީ ވަރަށް މުހިންމު ކަމެއް،'" ""ސަބަބު"' އިއްޔެ ޑެމްސް އިން އިސްތިއުފާދެއްވުމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޙަސަން ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑެމްސްއިން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިދިޔަ ރިޔާަސީ އިންތިޚާބުގައި ޑެމްސްގެ ރަނިންގމޭޓްގެ ގޮތުގައި ހުންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމްވެސް ހިމެނިވަޑައިގަންނަވައެވެ. ޑެމްސްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެން އެ ޕާޓީ ބައިބައިވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައި ވުޖޫދަށް ގެންނެވި ޕާޓީއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ޮޮ މަޙްމޫދު - 2025-01-12T13:14:59

    ގޮތް ހުސްވެ އުނބަށްޖެހީ.