Saturday, October 31
ހެންވޭރު ގެއަކުން ވައްކަން ކުރި މައްސަލައެއް ބަލަނީ

ހެންވޭރު ގެއަކަށް ވަދެ މީހަކު ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާ ތަކަށް ދެންމެ ފުލުހުން ފުނޮވި މެސެޖުގައި ބުނީ، މިއަދު މެންދުރު 12:49 ހާއިރު، ހެންވޭރު ގެއަކުން މީހަކު ވައްކަން ކުރި މައްސަލައެއް ފުލުހުނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މީހާ ވައްކަން ކުރާ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އެފްބީގައި ދައުރުވަމުންދާ މި ވީޑިއޯގައި ގެއެއްގެ ތެރެއަށްވަދެ އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް އެތަނުން ގުރޭންޑަރެއް ނަގައިގެންދާ މަންޒަރު ފެނެއެވެ.

މައޫލޫމާތު ލިބޭގޮތުގައި އެ މީހާއަކީ މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން ވައްކަމުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ހުދުހުދު. - 2025-01-11T17:52:42

    ދޫކޮށްލާނެ.