Saturday, October 31
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ.މުޢިއްޒު އެސްޓޯނިއާއަށް

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރިޕަބްލިކް އޮފް އެސްޓޯނިއާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ އެސްޓޯނިއާގެ ރައީސް ޑރ.އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 އިން 16 ގެ ނިޔަލަށެވެ.

މިއީ ރާއްޖޭގެ މިހާރުގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަރނަންސް ދާއިރާއާއި، މޫސުމާއި ތިމާވެށީގެ މައްސަލަތަކާއި، ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ސައިންސާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޮރީ ހުސާރާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އެންޑް ރިސަރޗް ކްރިސްޓީނާ ކަލާސް އާއި، މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އެލެންޑަރ، މިނިސްޓަރ އޮފް ހެލްތު ރިއާނާ ސިކުޓް، މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލިސާ-ލީ ޕަކޮސްޓާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޖޮނަޓަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާންގެ އިތުރުން ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު