Saturday, October 31
އިޒްރޭލުން ޔަމަނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާދީފި

ޔަމަނުގެ ހޫތީން ކޮންޓްރޯލްކުރާ ސަރަހައްދުތަކަށް އިޒްރޭލުގެ ހަނގުރާމަވެރިން ވައިގެ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާގެ ސަބަބުން އެކަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހަމަލާތައް އަމާޒުކޮށްފައިވަނީ ހޫތީން ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި ހުރި ކަރަންޓު ސްޓޭޝަނަކަށާއި ބަނދަރުތަކަށެވެ. ކަރަންޓް ޕްލާންޓަށް އަމާޒުކޮށް އެކަނި ވެސް 13 ހަމަލާއެއް ވަނީ ދީފައެވެ. މިކަމުގެ ސަބަބުން އެ ހިސާބުގައި ހުރި ބައެއް ގެތަކަށް ވެސް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓް ލިބެއެވެ.

އިޒްރޭލުން ވަނީ މިހަމާލާ ދިންކަމަށް އެއްބަސްވެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ކަރަންޓު ޕްލާންޓަށް އަމާޒުކޮށް ހަމަލާދީފައި ވަނީ, އެއީ ހޫތީން ހަނގުރާމަވެރި ޙަރަކާތްތަކަށް މައިގަނޑު ގޮތެއްގައި ބޭނުންކުރާ ތަން ކަމަށް ވާތީއެވެ.

ފާއިތުވި ދުވަސްތަކުގައި، އިޒްރޭލުގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައިވާ ވެރިރަށް ތެލް އަވީވަށް 3 ޑްރޯން ފޮނުވައި، އަދި އިތުރު ޑްރޯންތަކާއި މިސައިލްތައް ރަތް ކަނޑުގައިވާ އެމެރިކާގެ އުޅަނދަކާ ދިމާލަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް ހޫތީންގެ ސިފައިންގެ ތަރުޖަމާނު ބުނެފައިވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ އިޒްރޭލާ ދެކޮޅަށް ތަކުރާރުކޮށް ދޭ ހަމަލާތަކަށް ހޫތީންނަށް އަދަބު ދެމުންގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން - 2025-01-12T10:18:13

    ...