Saturday, October 31
އައްޑޫ ނޭޗަރ ޕާރކް މަރާމާތު ކުރަން ފަށައިފި

އައްޑޫ ނޭޗަރ ޕާރކްގެ ޑެގް ދުވަސްވެ ހަލާކުވުމުގެ ސަބަބުން އެ ބަދަލުކުރުމުގެ މަސައްކަތްފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ޕާރކް ގެ ޑެގް ބަދަލު ކުރަނީ ދުވަސްވެ ހަލާކުވެ ވީރާނާ ވުމުގެ ސަބަބުން އެތަނަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އައްޑޫ ނޭޗާ ޕާކްގެ ޚިދުމަތްތަކުގެ ތެރޭގައި ތާރީޚީ ތަންތަން ކިޔައި ދިނުން، ރޯޔަލް ޝިޕްރެކް ޑައިވިން ޕޮއިންޓު، މަންތާ ޕޮއިންޓާއި ކެނޯ ދުއްވުމުގެ އަދި ތިމާވެއްޓާ ގުޅޭ މައުލޫމާތު ދިނުން ހިމެނެއެވެ.

ނޭޗަރ ޕާކް މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެތަނުގައި ދުއްވާނެ ބަގީ އަދި ބައިސްކަލްތައް ވެސް މިހާރު ވަނީ ހަލާކުވެފައެވެ.

އީކޯ ޓޫރިޒަމަށް ހާއްސަ ކޮށްގެން ހަދާފައިވާ ތަނެކެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ އީޔޫއާއި އޮސްޓްރޭލިޔާ އެއިޑް އަދި ދިވެހި ސަރުކާރުން ގުޅިގެން ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮގްރާމްގެ ދަށުންނެވެ. މިތަނަކީ ފަތުރުވެރިންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ޒިޔާރަތް ކުރަމުންދާ އެތައްބައެއްގެ މަގުބޫލު މަންޒިލަކަށް ވަނީ ވެފައެވެ.

އައްޑޫ ސިޓީ ނޭޗަރ ޕާރކް ހިމެނެނީ ސަރުކާރުން ނަގާ ގްރީން ޓެކްސް ފަންޑުން ހިންގި ފުރަތަމަ ޕްރޮޖެކްޓް ގެ ތެރޭގައެެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު