Saturday, October 31
ފެންބޮޑުވުމުގެ ސަބަބުން 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮވުމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުންތަކެއް ވެއްޖެއެވެ.

މިގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ 11 ޖަނަވަރީގަ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 7 ގޭބިސީ އެއްގެ 44 މީހަކަށް 1 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު އެއޮތޯރިޓީން ހަމަޖައްސާދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ބުނީ މިފަރާތްތައް ބަދަލުކުރެވުނީ މިގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި، ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާތީ ކަމަށެވެ.

ވިއްސާރައާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިންވެސް މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، 528 ވެލި ބަސްތާ ވަނީ ޖަހާދީފައެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މިއަދު 09:00 އިން 13:00 އަށް މެޓް އޮފީހުން ވަނީ ށ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު