Saturday, October 31
އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ވާދަކުރައްވާނީ 22 ކެންޑިޑޭޓުން

އަންނަ މަހުގެ 9 ގައި ބާއްވަން ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

އަންނަ ފެބްރުއަރީ މަހުގެ 9 ގައި ޖުމްލަ 28 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމިއެވެ.

ނަމަވެސް ބައެއް ރަށްރަށުގެ ކޮމިޓީތަކަށް ކުރިމަތިލީ އިންތިޚާބުކުރަންޖެހޭ އަދަދަށް ކަމަށްވާތީ، މިހާރު އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ 11 ރަށެއްގައެވެ.

އިންތިޚާބު ބާއްވާ ރަށްތަކާއި، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުން:

ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

އާމިނަތު ޝިފާނާ، ރިޒާމަންދުވާދީ / ގއ. ކަނޑުހުޅުދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ޢަޒީމާ ޙަސަން، އެވެނިއު / ގއ. ކަނޑުހުޅުދޫ، އަމިއްލަގޮތުން

ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ޢާއިޝަތު ޢަލީ، ތުނޑި. ސަންރޭ / ލ. ގަން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

އާމިނަތު އަފްރާޙް، ތުނޑި. ހުދުފަސް / ލ. ގަން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

އާމިނަތު އަޡުމާ، ޗާންދަނީހައުސް / ނ. މިލަދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

މަރްޔަމް ނަޝްވާ، ކަޝްމީރުވާދީ / ނ. މިލަދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ޙައްވާ ޝަރަފިއްޔާ، ހަނދުވަރީގެ / ނ. ފޮއްދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ޢާއިޝަތު އަމާނީ ޢަބްދުލްހާދީ، އަސުރުމާގެ / ނ. ފޮއްދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ފަރުޝާނާ އިސްމާޢީލް، ޗާނދަނީގެ / ދ. ހުޅުދެލި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ފާޠިމަތު ރިސާލާ، ނޫރާނީމާގެ / ދ. ހުޅުދެލި، އަމިއްލަގޮތުން

ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ފާޠިމަތު ސަމްހާ، އީޒީ ނައިޓް / ރ. އިންނަމާދޫ، އަމިއްލަގޮތުން

ޢާއިޝަތު ޢީޝާ، އާޝިޔާނާ / ރ. އިންނަމާދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ޢާއިޝަތު ސަދާ، އިވްނިންގފްލާވަރ / ރ. އިންނަމާދޫ، އަމިއްލަގޮތުން

ޒުލްފާ އާދަމް، ތިނަދޫގެ / ރ. އިންނަމާދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ރުޤިއްޔާ ރަޒީނާ، ބްލޫޑައިމަންޑް / ތ. ބުރުނި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ފާޠިމަތު އިބްރާހީމް، ފީރޯޒްގެ / ތ. ބުރުނި، އަމިއްލަގޮތުން

ބ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

މަރްޔަމް ރުޝްދާ، ލުބޯގަސްދޮށުގެ / ބ. ގޮއިދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ނަޖުވާ ފާރޫޤް، ސައިމާގެ / ބ. ގޮއިދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ޚަދީޖާ އިބްރާހީމް، ޕެންޒީމާގެ / އދ. ހަންޏާމީދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ޞަފާ ޢަބްދުއްރަޙީމް، ހިޔާވަހި / އދ. ހަންޏާމީދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ފަހީމާ ޢަބްދުﷲ، ލިލީމާގެ / ހދ. ހިރިމަރަދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ރަޒީނާ ޙުސައިން، ސީސަންގެ / ހދ. ހިރިމަރަދޫ، އަމިއްލަގޮތުން

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު